ads
ވޭމަންޑޫ ޕިކްނިކް ސަރަހައްދުގައި ބަޔަކު ދަތުރު ގޮސް--
ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމަށް ކޮންސަލްޓަންޓުން ހޯދަނީ
ދަތުރުދާ ރަށެއް ކޮންމެ އަތޮޅެއްގައި ހަދަން ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
Advertisement

މިކަމަށް ބީލަން ހުށައެޅުމަށްޓަކައި މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އީޕޯޓަލް މެދުވެރިކޮށް ރަޖިސްޓާވާންޖެހެ އެވެ. އަދި 25 ޖެނުއަރީ ވަ އާދިއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށްވަނީ އެދިފަ އެވެ. 

އަދި މިމަޝްރޫއަށް ބޭނުންވާ އަންދާސީ ހިސާބު ހުށައެޅުމުން ފުރުސަތު 28 ޖެނުއަރީވާ ބުދަދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އެފުރުސަތު އޮންނާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީކުރުމަށް ނިންމަވާ އެކަން އިއުލާންކުރެއްވީ ރައީސް މިދިޔަ އަހަރު އއ.މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް