ads
ބީއެމްއެލްގެ ސީއީއޯ ޝަރީފް އަދި އޭއައިސީބީގެ ސީއީއޯ އެޑްވާޑް އެއްބަސްވުން ބަދަލުކުރައްވަނީ. ފޮޓޯ/ބީއެމްއެލް
ބީއެމްއެލް އާއި އޭޝިއާގެ ޗާޓާޑް ބޭންކާސްއިން ރާއްޖޭގެ ބޭންކިން ދާއިރާ ތަރައްގީ ކުރަނީ
ރާއްޖޭގެ ބޭންކިން ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ)ން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގއެވެ.

މި އެއްބަސްވުމުގެ ދަށުން ޗާޓާޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމުރީނުކުރުމުގެ ފުރުސަތުތައް ހުޅުވާނެ އެވެ.

މި ކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ، އޭއައިސީބީއާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކުރުމަށް މި އެއްބަސްވުމާ އެކު މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. މި ގޮތުން ޗާޓާޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް