ads
ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ ބޭހެއް އިޝްތިހާރުކުރަނީ، ސަމާލުވޭ
ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ ހަކުރު ބަލީގެ ބޭހެއް އިޝްތިހާރުކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
Advertisement

އެމްއެފްޑީއޭއިން ބުނީ، ބައެއް އޮންލައިން ޕޭޖްތަކުން އެ އޮތޯރިޓީން ހުއްދަ ނުނަގާ ބޭސް ވިއްކައި، އިޝްތިހާރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ލޭގައި ހުންނަ ހަކުރު ދަށްކުރަން ބޭނުންކުރާ ސެމަގްލޫޓައިޑް [Semaglutide] އަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށް ބުނެ އިޝްތިހާރުކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އަދި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އޭޒްލޭއިކް އެސިޑް [Azelaic acid] އަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ ޕޭޖްތަކުގައި އިޝްތިހާރުކުރަމުން އަންނަ ކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ. 

މި ފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، އެ ކަމަކަށް ޚާއްސަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭސް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ. އަދި ފާމަސީތަކުން ވެސް މި ފަދަ ބޭސް ދޫކުރެވޭނީ ޑޮކްޓަރު ލިޔެދީފައިވާ ބޭސް ސިޓީއަކަށްކަމަށާއި  ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާ ނުލާ މިފަދަ ބޭސް ބޭނުންކުރުމުން، ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށްވެސް އެމްއެފްޑީއޭ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް