ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިވެ، އެކަމުގެ ސަބަބުން އޮންލައިންކޮށް ކިޔެވުން، ނުވަތަ އޮންލައިން އަދި ސީދާ ތަނަށް ހާޒިރުވެގެން ކިޔެވުމުގެ ދާއިރާއިން ކުރިއެެރުންތައް ހޯދަމުން އަންނަ ކަމަށެވެ.
އެހެންވެ، އެކި ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު އިތުރުވެފައިވާކަން ކުޑޫގެ ސިޓީގައި ފާހަގަކުރެއްވި އެވެ. ކުޑޫގެ ސިޓީގައިވަނީ ހަރުދަނާ ފިޔަވަޅުތައް އަޅައިފިނަމަ ރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އަގާއި ބައިނަލްއަގުވާމީ އިތުބާރު ދެމެހެއްޓޭނެ ކަމަށެވެ. އެހެންވެ، އެކަންކަމާ މެދު މަޖިލީހުން ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
މެންބަރުގެ ސިޓީގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:
އެފަދަ ޝަކުވާތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން އެކަށީގެންވާ ވަގުތުގައި ރަސްމީ ޖަވާބެއް ނުލިބޭތީ ބައެއް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ވެސް ކުޑޫގެ ސިޓީގައިވެ އެވެ.