ads
ސަރުކާރު ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ރިޓަޔާޑް މީހުން ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ
ރިޓަޔާކުރުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެކަން އެންގުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އެދިއްޖެ އެވެ.
Advertisement

ސިފައިންނާއި ފުލުހުންނާއި ސިވިލް ސާވިސްއިން ރިޓަޔާ ކުރުމަށްފަހު ދައުލަތުގެ އެހެން މަގާމެއް އަދާކުރާނަމަ އެ މުއްދަތުގައި އިނާޔަތްތައް ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރު އެވެ. އެހެންވެ، އެގޮތަށް ގަވާއިދުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.  

އެ ގަވައިދުގައިވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް ހޮވިއްޖެ ނަމަ ނުވަތަ ދައުލަތުގެ / ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މިގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް އިސްލާހުކުރި ގަވައިދުގައި ވެއެވެ.

މީގެ އިތުރުން ރިޓަޔާކޮށްފައިވާ ފަރާތެއް އަލުން ވަޒީފާއަށް ނުކުންނަ ނަމަ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ. އަދި ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށް ވެސް ގަވައިދުގައި ވެއެވެ.

ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިނާޔަތް ލިބޭ ގޮތަށް ރިޓަޔާކޮށްފައިވާ ފަރާތެއް، މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާ ނަމަ، ރިޓަޔާމެންޓް އިނާޔަތްތައް އެ މަގާމުގެ މުއްދަތުގައި މެދުކަނޑާލާނެ ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންގެ ގަވައިދާއި ސިވިލް ސާވިސްގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ކަމަށް އެ އިއުލާނުގައިވެ އެވެ.  

އެ އުސޫލަށް އަމަލުކުރަން ފަށާފައިވާތީ އެފަދަ ފަރާތްތަކުގެ އިނާޔަތްތައް މިމަހުން ފެށިގެން މެދުކަނޑާލާނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް އަލުން އިނާޔަތް ދޭން ފަށާނީ ފަހުން އަދާކުރަން ފެށި މަގާމުން ވަކިވުމުން ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ޕެންޝަން އޮފީހުން އިތުރަށް ބުނީ ރިޓަޔާކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން މި މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އަންގަންވާނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް