ads
ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް ރައީސް އަބްދުއްރަހީމް ސަައުދީއަށް - ފޮޓޯ: މަޖިލީސް
ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް ރައީސް އަބްދުއްރަހީމް ސަައުދީއަށް
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް އަބްދުއްރަޙީމް އަބްދުﷲ ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި އެވެ.
Advertisement

މި ދަތުރުފުޅަކީ ސައޫދީ އަރަބިއްޔާގެ ގާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މިއަދުން ފެށިގެން މި މަހުގެ 24 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދާއި، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް އެވެ. 

މީގެ އިތުުރުން، ރައްޔިތުންގެ މަޖިލީހުގެ އަމީން އަންމު ފާތިމަތު ނިޔުޝާ، އަމީން އާންމުގެ ނައިބު މުހައްމަދު ރަޝީދައި ޗީފް އޮފް ބިއުރޯ އަހްމަދު ނިހާން ހިސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވަ އެވެ.

އަބްދުއްރަހީމް މި ދަތުރުފުޅުގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު މިވަގުތު މަޖިލިސް އޮތީ ޗުއްޓީގަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް