ads
ބިދޭސީންގެ މައުލޫމާތު އެއްކުރަން ދުވާފަރުގައި މިދިޔަ އަހަރު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ބިދޭސީން މަަސައްކަތްކުރާ ވޯކް ސައިޓުތަކުގެ ހުއްދަ އާކުރަން އަންގައިފި
ބިދޭސީން މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ރަޖިސްޓްރީކުރަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓު އުސޫލުން ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ ވޯކްސައިޓްތައް މާދަމާއިން ފެށިގެން "ޕެންޑިން ސައިޓް ކްލިއަރެންސް"އަށް ބަދަލުކުރެވޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ. 

އޭގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ވޯކް ސައިޓުގެ ތެރެއިން ކޯޓާއެއް ނުނަގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސައިޓުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން "އިން-އެކްޓިވް" ސްޓޭޓަސް އަށް ބަދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.

އެހެންވެ، މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން އެކްޓިވޭޓް ކުރުމަށް ލިޔެކިޔުންތައް އާ ކުރުމަށްފަހު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވޯކް ސައިޓުގެ ޑޮކިއުމަންޓު އަޕްޑޭޓުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ވަޒީފާގެ ހުއްދަ ހަމަވެފައިވާ، ނުވަތަ ސައްހަ ލިޔެކިއުމެއްނެތި މަސައްކަތްކުރަމުން އަންނަ ބިދޭސީންނަށް ސައްހަ ވޯކް ޕާމިޓެއް ހޯދަން، މި މަހުން ފެށިގެން ތިން މަސް ދޭން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;