ads
ހައިކޯޓު
ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަންވަރު ދޫކޮށްލީ ގާނޫނާ ހިލާފަށް
ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
Advertisement

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭ ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅީ، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ހުސެއިން މަޒީދު އަދި ހުޒައިފާ މުހައްމަދެވެ.

މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކަނޑައަޅާފައި އޮތީ، އަންވަރު ދޫކޮށްލަން ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، އަންވަރު ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުންވަނީ ބާތިލުކޮށްފައެވެ.

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރެވިފައިވާ އަންވަރު، ދޫކޮށްލުމުން ފުރައިގެން ދިޔައީ ލަންކާއަށެވެ. އެކަމަކު، ލަންކާއަށް އޭނާ ދިޔަ ނަމަވެސް، ލަންކާއަށް އެތެރެވިޔަ ނުދީ ފޮނުވާލުމުން ރާއްޖޭން އަލުން އޭނާ ހައްޔަރުކުރިއެވެ.

ރިކޯޑްތަކުން ދައްކާ ގޮތުން، އަންވަރަކީ 2019 ވަނަ އަހަރު އިރާން ބޯޓެއްގައި ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކޮށް ދައުލަތުން ދައުވާކުރި މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް