މިއީ، އޭސީސީއާއެކު، ރައީސް ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އިސްތިއުނާފެވެ.
މި މައްސަލައިގެ އަޑު އެހުންތައް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުވެސް ހައިކޯޓުން ނިންމިއެވެ. އެކަމަކު އޭރު މައްސަލަ ބަލަމުން ދިޔަ ބެންޗު ބަދަލުވުމުން، މައްސަލަ ހުއްޓިފައި އޮތުމަށް ފަހު އަނެއްކާވެސް މައްސަލައިގެ އަޑު އެހުމެއް ބާއްވައި، އަލުން އަޑު އެހުންތައް ނިންމައިލީއެވެ.
ރައީސް ޔާމީން، އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯދަން، ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުންވަނީ ކުރިން ޝަރީއަތުގައި ބުނެފައެވެ.
އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ.
އޭސީސީ އާއެކު، ރައީސް ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން ކުރިން ވަނީ އަމުރުކޮށްފައެވެ.