ads
ހުޝީ މުރުޖީ
ހުޝީއަށް 100 ކްރޯޑުގެ ދައުވާއެއް
އިންޑިއާގެ ބަތަލާ ހުޝީ މުކަރްޖީއާ ދެކޮޅަށް 100 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 184 މިލިއަން ރުފިޔާ) ގެ އަބުރުގެ ދައުވާއެއް ކުރުމަށް ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ ފައިޒާން އަންސާރީ ނިންމައިފިއެވެ.
Advertisement

މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސޫރިޔާކުމާރު ޔާދަވްއާ ގުޅޭގޮތުން ހުޝީ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

މި މައްސަލަ އުފެދުނީ ހުޝީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި، ސޫރިޔާކުމާރު އޭނާއަށް މެސެޖުކޮށް ވާހަކަދެއްކި ކަމަށް ބުނުމުންނެވެ. ފައިޒާން ތުހުމަތުކުރާ ގޮތުގައި ހުޝީ މި ވާހަކަތައް ދައްކާފައިވަނީ ހަގީގަތާ ހިލާފަށް، ހަމައެކަނި އަމިއްލަ މަޝްހޫރުކަން ހޯދުމުގެ ބޭނުމުގައެވެ. އަދި މިއީ ގައުމީ ފެންވަރުގެ ކުޅުންތެރިއެއްގެ އަބުރަށް އަރައިގަތުން ކަމަށް ބުނެ، މިކަމުގެ ބަދަލު ހޯދުމަށް ކޯޓަށް ދާނެ ކަމަށް ފައިޒާން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ހުޝީ ބުނެފައިވަނީ އޭނާއަށް އަދި މިހާތަނަށް ގާނޫނީ އެއްވެސް ލިޔުމެއް ނުވަތަ ނޯޓިހެއް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާ އެ ވާހަކަ ދެއްކީ ސޫރިޔާކުމާރުގެ އަބުރު ގެއްލުވާލުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ އޭނާއާ ކުރި ސުވާލަކަށް ދިން ތެދު ޖަވާބެއް ކަމަށް ހުޝީ ބުންޏެވެ. ނަމަވެސް ރަސްމީކޮށް މައްސަލަ ހުށަހަޅައިފިނަމަ، ގާނޫނީ ގޮތުން އެކަމާ ކުރިމަތިލާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް