ބޭނުންވާ ތަކެތި:
1 ބަޓާނާ (ތުނިކޮށް ގާނާފަ)
1 ޖޯޑް ބަޓާނާ ކެއްކި ފެން
3/2 ޖޯޑް ގެރިކިރު
50ގ ހިކި މޭބިސްކަދުރު
50ގ ސޯލްޓެޑް ކެޝޫނަޓް (ހިމުންކޮށްލާފަ)
2 ސައިސަމުސާ ވެނީލާ އެސެންސް
2 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރު
ތައްޔާރުކުރާނެގޮތް:
ފުރަތަމަ 1 ލީޓަރު ފެން ތެއްޔަކަށް އަޅާ، އެފެން ކޮޅު ކެކެން ފެށީމަ ތުނިކޮށް ގާނާފަހުރި ބަޓާނާ ތަށް އެފެންގަނޑަށް އަޅާ ބަޓާނާ ކޮޅު މަޑުވަންދެން ކައްކާލާށެވެ.
އެއަށްފަހު ތެލިން ބަޓާނާ ކޮޅު ނަގާފަ އެހެން ތެއްޔަކަށް ބަޓާނާކޮޅު ފުރާނާލާފަ ނަގާފަ، އެއަށް ދެންމެ ކެއްކިތަނުން ނެގި ބަޓާނާ ކެއްކި ފެން ތަށި އަޅާލާށެވެ. އަދި އެއަށް ހިކިމޭބިސްކަދުރު ކޮޅާ ގެރިކިރު ކޮޅު އެއްކޮށްލާށެވެ.
އެއަށްފަހު ކެޝޫނަޓް ކޮޅު މައްޗަށް އަޅާލާ ވެނީލާ އެސެންސް ކޮޅާ އެއްކޮށްލާށެވެ.ދެން ކަސްޓަޑް ޕައުޑަރު ކޮޅު އެއްކޮށްލާ އޮލަވަންދެން ކައްކާލާށެވެ.
މިހާރު މިހިރީ ބަރަބޯ ޕިރިނީ ހަދާ ނިމިފަ އެވެ. ހިހޫވީމަ ފުރިޖަށް ލާ ފިނިކޮށްލައިގެން ކާލަށް މީ ވަރަށް މީރު ޕިރިނީ އެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;