ads
ޝާހުރުކް ހާން އަދި ފަރާ
މިއަހަރު ފަހުކޮޅު ފަރާ ހާން ޑައިރެކްޝަނަށް ނުކުންނަނީ، ބަތަލަކީ ޝާހްރުކް
ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ފަރާ ހާން، ދިގު މެދުކެނޑުމަކަށްފަހު މިއަހަރު ފަހުކޮޅު އަލުން ފިލްމު ޑައިރެކްޓްކުރުމަށް ނުކުންނަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.
Advertisement

 އޭނާ އެނބުރި ޑައިރެކްޝަނަށް އަންނާނީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންއާ އެކުގައި ކަމަށް ވެސް ފަރާ ވަނީ ބުނެފައެވެ.

މިކަން ހާމަކުރީ ފަރާ ހާންގެ ޔޫޓިއުބް ޗެނަލްގައި، އެކްޓަރު ނަކުލް މެހެތާއާ އެކު ދެއްކި ވާހަކަދެއްކުމެއްގެ ތެރެއިންނެވެ. ފޭނުން ސޯޝަލް މީޑިއާގައި "ފަރާ ވާޕަސް އާއޯ" ނުވަތަ ފަރާ އެނބުރި އައުމަށް ގޮވާލައި ހިންގާ ކެމްޕެއިނާ ގުޅިގެން ވާހަކަދައްކަމުން ފަރާ ބުނީ، މިއީ އެނބުރި އަންނަންވީ ވަގުތު ކަމަށާއި، މިއަހަރު ނިމޭކޮޅު މަސައްކަތް ފަށާނެ ކަމަށެވެ.

ނަމަވެސް ފަރާ ވަނީ ފިލްމު އުފެއްދުމަށް ޝަރުތެއް ކަނޑައަޅާފައެވެ. އޭނާ ބުނި ގޮތުގައި ފިލްމެއް ހަދާނަމަ ހަދާނީ ހަމައެކަނި ޝާހްރުކް ހާން ހިމަނައިގެންނެވެ. އެހެން ނޫންނަމަ ކުރިއަށްދާނީ ޔޫޓިއުބް ވީޑިއޯ ހެދުމުގައި ކަމަށް އޭނާ ބުންޏެވެ. މަޖާ ގޮތަކަށް ވާހަކަދައްކަމުން ފަރާ ބުނީ، ކުދިންގެ ކިޔެވުމުގެ ހަރަދުތައް ބޮޑުކަމުން ޔޫޓިއުބް ދޫކޮށްލެވެން ނެތް ކަމަށެވެ.

ފަރާ އާއި ޝާހްރުކް ހާން އެކުގައި މަސައްކަތްކޮށްގެން މީގެ ކުރިން ވަނީ "މޭ ހޫނާ"، "އޮމް ޝާންތީ އޯމް" އަދި "ހެޕީ ނިއު އިޔާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައެވެ. މި ދެ ތަރިން އެކުގައި މަސައްކަތްކުރާނެ ދުވަހަކަށް ބެލުންތެރިން ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.

ޝާހްރުކް ހާން މިވަގުތު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ މަސައްކަތުގައެވެ. މި އެކްޝަން ފިލްމުގައި ޝާހްރުކްގެ އިތުރުން ދަރިފުޅު ސުހާނާ ހާން އަދި އަބީޝެކް ބައްޗަން ފަދަ ތަރިން ފެނިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް