"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު އާދިއްތަ ދުވަހު ވަނީ ހުޅުވާލާފައެވެ.
ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށައެޅެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އެ ޕޯޓަލަށް ވަދެވޭނީ އީފާސް ބޭނުން ކޮށްގެންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވީ ފްލެޓާއި ގޯއްޗަށް ެދެން ހުޅުވާލުމުން ދެ ދުވަސްތޭރެ 677 ފަރާތަކުން ފޯމު ހުށައަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ގޯއްޗަށް އެދި ހުށައެޅި 221 މީހަކު ފަރާތަކާއި ފްލެޓަށް އެދި ހުށައެޅި 416 ފަރާތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފޯމް ހުށައަޅަން ޖެހޭ ސުންގަޑި
ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.
ސަރުކާރުގެ ފްލެޓާއި ގޯތި ދޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފްލެޓަށް އެދުމަށް ހުޅުވާލާ ޕޯޓަލް އާއި ބެހޭ ގޮތުން ނޫސްވެރިންނައް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ވޭދުވެދިޔަ 8 އަހަރުތެރޭގައި ސަރުކާރަކުން ދިން ފްލެޓެއް އަދި ގޯއްޗެއްވެސް އެ ސަރުކާރެއް ނިމުމުގެ ކުރިން ދެވިގެންދާނެ ފުރަތަމަ ފަހަރު ކަމުގައި އެވެ.