މި ފިލްމުގައި އެ ދެ ތަރިން ލީޑު ރޯލު ކުޅުނުއރު، ދެ މީހުންގެ ދެމެދުގައި 20 އަހަރުގެ ތަފާތެއް ހުރުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ، ފިލްމަށް ކާސްޓްކުރި އިރު ވެސް އެކަން އެގޮތަށް ކުރީ ފިލްމުގެ ވާހަކައިގެ ގޮތުން އެކަން އެގޮތަށް ވާން ޖެހޭތީ ކަމަށެވެ. އަދި ފިލްމުގެ ވާހަކަ އެނގޭތީ، އެއީ އޭގެ ޒާތުގައި ރަނގަޅު ނިންމުމެއްކަން ގަބޫލުކުރެވުނު ކަމަށާއި، އެހެންކަމުން އެކަމާ މެދު އޭނާގެ ހިތުގައި ސުވާލު ނުއުފެދޭ ކަމަށް ސާރާ ބުންޏެވެ.
ރަންވީރުގެ މަސައްކަތަށް ތައުރީފު ކުރަމުން ސާރާ ބުނީ، ރަންވީރަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ އަދި މޮޅު އެކްޓަރެއް ކަމަށެވެ. އަދި ފިލްމުގެ ސެޓުގައި ރަންވީރު މަސައްކަތް ކުރަނީ މުޅި ޓީމު އެކުގައި ގޮވައިގެން ކަމަށާއި، އެކުގައި މަސައްކަތް ކުރާ އެހެން މީހުންނަށް ވެސް ރަންވީރު ވަރަށް ބޮޑަށް އެހީތެރިވާ ކަމަށް އޭނާ ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުކުތް "ދުރަންދަރް" އަކީ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. މިއީ 2025 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވާއިރު، މި ފިލްމަށް ވަނީ ދުނިޔޭގެ ނިސްބަތުން 1300 ކްރޯޑް ރުޕީސް ލިބިފައެވެ. މި ފިލްމުގެ ދެވަނަ ބައި އަންނަ މާޗު މަހު ރިލީޒްކުރާނެއެވެ.