ads
ދިރާގުން ހުޅުމާލޭގައި އާ ޕާޓްނަރު ފިހާރައެއް ހުޅުވުން: އެ ފިހާރައިން ގިނަ ހިދުމަތްތަކެއް ލިބޭނެ -
ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް އެކެއް ގައި ހުޅުވައިފި
ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް އެކެއް ގައި ހުޅުވައިފި އެވެ.
Advertisement

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުވަނދުމާ ހިނގުމުގައި ހުންނަ މޯލްޑިވްސް ސާވިސް ފިހާރައިން މިހާރު ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ. މި ސަރަހައްދަކީ އާބާދީ އިތުރުވަމުން އަންނަ ސަރަހައްދެއް ކަމަށްވެފައި، މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ދިރާގުގެ ހިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާ އެކު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕާޓްނަރު ފިހާރަ މެދުވެރިކޮށް ލިބޭ ހިދުމަތްތަކަކީ:

  • ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތްތަކަށް ފައިސާ ދެއްކުން
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ހިދުމަތް ނެގުން
  • ޕްރީޕެއިޑް ރީޗާޖުކުރުން
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން

މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން މި ފިހާރައިން ހިދުމަތްތައް ހޯދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ސެމްސަން ގެލެކްސީ ބަޑްސް3 ޕްރޯއެއް ދިނުމަށް ވަނީ ހަމަޖެހި ފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ހާއްސަކޮށްގެން އަވަސް އަދި ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތައް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް