ads
ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ
ރައީސް މުއިއްޒުގެ ތައުޒިޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް
މި ހާދިސާގައި މަރުވި މީހުންގެ އަދަދު 26 އަށް އަރާ
ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސް ޑރ މުހައްމަދު މުއިއްޒު، އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝާހްބާޒް ޝަރީފަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
Advertisement

ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގައި މަދުވެގެން 26 މީހުން މަރުވެ 80 މީހަކު ގެއްލިފައިވެ އެވެ.

ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައި ވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައި ވެއެވެ.

ރައީސްގެ މެސެޖުގައި މި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް