ads
ނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުމުގެ ތެރެއިން
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި
މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުތަކުން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފިއެވެ.
Advertisement

މިފްކޯއަށް ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ރަސްމީކޮށް ކަންނެލި ގަންނަން ފެށީ މިމަހުގެ 11 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން މިހާތަނަށް ގަންނަމުން އައީ 15 ކިލޯއިން މަތީގެ ކަންނެއްޔެވެ. 

މިފްކޯއިން ބުނީ މިހާރު އެ ކުންފުނީގެ ސެންޓަރުތަކުންނާއި ބޯޓުތަކުން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންދާނެކަމަށެވެ. މި ބަރުދަނުގެ ކަންނެލި ގަންނަނީ ކިލޯއެއް 20 ރުފިޔާގެ ރޭޓުންްކަމަށްވެސް މިފްކޯއިން ބުނެއެވެ.  

15 ކިލޯއިން މަތީގެ ކަންނެލި މިފްކޯއިން ގަންނަމުން އަންނަނީ ކިލޯއެއް 25 ރުފިޔާގެ މަގުންނެވެ. ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކުރިއަށް އޮތްތަނުގައި، ކޯލްޑް ސްޓޯރޭޖާއި އައިސް ފޯރުކޮށްދިނުމުގެ ހިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް