ޅ. ނައިފަރު އިސްލާމިކް މަރުކަމުގެ މަސައްކަތް ހަވާލުކޮށްފަވަނީ ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ އެވެ.
މަރުކަޒުގެ މިސްކިތް ބަޔަކީ 1000 މީހުންގެ ޖާގައެވެ. ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ބައެއްވެސް ހިމެނެ އެވެ.
މި އިސްލާމީ މަރުކަޒުގައި ވުލޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީކުރާނެ އެވެ.
ހއ. އިހަވަންދޫ އިސްލާމީމަރުކަޒުގެ މަސައްކަތް ހަވާލުކުރީ ފީޑޯ ޕްރައިވެޓް ލިޓެޑާ އެވެ.
މި މަސައްކަތުގައި 700 މީހުންގެ ޖާގައިގެ މިސްކިތު ބައިގައި، ފިރިހެނުންގެ އިތުރުން، އަންހެނުންނަށް ނަމާދުކުރެވޭ ޖާގަ ހިމެނެ އެވެ.
މި އިސްލާމީ މަރުކަޒުގައި ވުލޫކުރާ ބައި، ކްލާސްރޫމާއި ލައިބްރަރީ އަދި ކޮންވެންޝަން ހޯލެއް ތަރައްގީކުރާނެ އެވެ.
ގއ. ވިލިނގިލީގައި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައާއެކު އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށް ހަވާލުކޮށްފަވަނީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި މަރުކަޒުގައިވެސް ކްލާސްރޫމާއި، ލައިބްރަރީ، އަދި ކޮންވެންޝަން ހޯލް ވެސް ހިމެނެ އެވެ.
ގއ. ވިލިނގިލީގައި ޤުރުއާން މަރުކަޒެއް ތަރައްޤީކުރުމަށްވެސް ވަނީ ހަވާލުކޮށްފަ އެވެ.
އެ މަސައްކަތް ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެދަށުން، ކްލާސްރޫމް، ހިފްޒް ކޮޓަރި އަދި އޮފީސް ޖާގަ ތަރައްގީކުރާނެ އެވެ.
ކ. ގުޅީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
މި މިސްކިތުގައި ފިރިހެނުންނާ އަންހެނުން ނަމާދުކުރާ ބައިގެ އިތުރުން، ކްލާސްރޫމަކާ ލައިބްރަރީއެއްވެސް ހިމެނެ އެވެ.
މި މަސައްކަތް ހަވާލުކޮށްފަވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.