ads
މޯލްޑިވްގޭސް މާން
މޯލްޑިވްގޭސް މާނުއަށް ހުކުމް ކުރުން ފަސްކޮށްފި
ކޮރަޕްޝަންގެ ކުށުގައި މިހާރުވެސް ޖަލުގައި ހުރި، މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ އިތުރު ދައުވާތަކުގެ ހުކުމް ކުރުން ފަސްކޮށްފިއެވެ.
Advertisement

ކޮރަޕްޝަންގެ ކުށުގައި މިހާރުވެސް 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ފަސް ދައުވާއެއްގެ ހުކުމް ކުރުން، މިއަދަށް އޮތީ ތާވަލުކޮށްފައެވެ. 

ހުކުމް ކުރުން ފަސްކުރީ، އިދާރީ ސަބަބަކާ ހުރެއެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް