ads
ޑރ. އަލީ ލަތީފު އަދި ޑރ. އިކްލީލް ޝަރީފް
ބޮޑެތި އޮޅުވާލުންތަކާ ގުޅިގެން ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާކޮށްފި
ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ ޓެކްސްއަށް ގަސްދުގައި މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލައިގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.
Advertisement

މީރާއިން ޕީޖީ އޮފީހަށް އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ ދެ މީހުންގެ މަސްލަހަތު އޮންނަ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ފަރާތުން މީރާއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޕީޖީ އޮފީހުން ބުނީ ދެ ޑޮކްޓަރުންނާއި ފަޔާޒުގެ މައްޗަށް ދައުވާކުރީ އެ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދައުރަށް ބަލައިގެން ކަމަށެވެ. 

ޑރ. އިކްލީލަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދާރެވެ. އަދި ޑރ. އަލީ ލަތީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ 50 ޕަސެންޓް ހިއްސާ އޮންނަ އަދި ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް