އެ މިނިސްޓްރީން ބުނީ މި މާރުކޭޓް ހުޅުވަނީ ދަނޑުވެރިން އުފައްދާ ތަކެތި މާލެގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައިކަމަށެވެ. އެހެންނަމަވެސް މި ވަގުތީ މާރުކޭޓު ގާއިމުކުރަނީ ކޮންތަނެއްގައިކަން މިހާތަނަށް މިނިސްޓްރީން ނުބުނެއެވެ.
މިނިސްޓްރީން ވަނީ މި މާރުކޭޓު ބޭނުންކުރުމުގެ ގެންގުޅޭނެ އުސޫލު އާއްމުކޮށްފައެވެ. މި ނިސްޓްރީން ބުނީ މި މާރުކޭޓްގެ ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީ މަނާކަމެއްކަމަށެވެ.
މާރުކޭޓު ބޭނުންކުރަން ޖެހޭ އުސޫލު
1. މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން.
2. މާރުކޭޓްގައި ވިއްކާތަކެތީގެ ސައްހަ ރިކޯޑު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ.
3. ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ (ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި އިމްޕޯޓްކޮށްފައިވާ ކާބޯތަކެތި ފަދަ) އިތުރު ތަކެތި ވިއްކުމަކީ މަނާކަމެއް
4. ގޮޅިތަކުގައި ތަކެތި ވިއްކަން ބިދޭސީން ބޭތިއްބުމަކީ މަނާކަމެއް.
5. މާރުކޭޓުން ބޭރުގައި އަދި އެބަޔަކަށް ކަނޑައަޅާފައިވާ ގޮޅިތަކުން ބޭރުގައި ތަކެތި ވިއްކުމަކީ މަނާކަމެއް..
6. ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ، ބަރަބޯ ފަދަ ހަރު ތޮށިގަނޑުލާފައިވާ ބާވަތްތައް ފިޔަވާ އެހެން އެއްވެސް ބާވަތެއް ތަޅުންގަނޑު މަތީގައި ބެހެއްޓުމަކީ މަނާކަމެއް.
7. މޭވާއާއި ތަރުކާރީ ވިއްކަންވާނީ ތަޅުމުން ފެށިގެން އެންމެ ކުޑަވެގެން 2 ފޫޓު އުސްކޮން ހުންނަ ސާފުތާހިރު މޭޒެއްފަދަ އެއްޗެއްގެ މަތީގައި ބަހައްޓައިގެން.
8. މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް (ނަމާދު ވަގުތުތައް ނުހިމަނާ)
9. މާރުކޭޓު ބޭނުންކުރާ ފަރާތްތަކުން މާރުކޭޓުގެ އެތެރެއާއި މާރުކޭޓު ހިމެނޭ ސަރަޙައްދަށް ކުނިއަޅާ ހަދައިގެންނުވާނެ. އަދި މާރުކޭޓުތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވަންވާނެ.
10. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން، ކޮންމެ ދުވަހަކުވެސް ވިޔަފާރި ނިމުމުން އެފަރާތަކުން ބޭނުންކުރަމުން ގެންދެވި ގޮޅީގައި އުފެދިފައިވާ ކުނި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް ޖަމާކުރަންވާނެ.
11. 26 މާރިޗު 2026 ވަނަ ދުވަހުގެ 18:00ގެ ކުރިން ތަނުގައި ހުރި މުދާނެރެ ތަން ހުސްކުރަންވާނެއެވެ.
ވަގުތިީމާރުކޭޓުން ގޮޅި ހޯދުމަށް ޝައުގުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މިނިސްޓްރީއަށް މިމަހުގެ 29، ގެ ނިޔަލަށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ފޯމު ހުށަހަޅަން ޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.