މި ދެމަފިރިން ރާއްޖެ ވަޑައިގެންފައިވަނީ މި މަހުގެ 20 ވަނަ ދުވަހު، "ބޯއިން 737" މަރުކާގެ ޕްރައިވެޓް ޖެޓެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިއިރު، ސެކިއުރިޓީ ބެލެހެއްޓުމަށް ގާތްގަނޑަކަށް 50 ގާޑުން ހަރަކާތްތެރިވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އެމީހުން ތިބީ ވޯލްޑޯފް އެސްޓޯރިއާއަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ، ޕްރައިވެޓް އަދި ހިތްގައިމު މަންޒަރުތަކަށް މަޝްހޫރު ތަނެކެވެ.
ރާއްޖެ އައިއިރު ރާދިކާ ހުރީ ވަރަށް އާދައިގެ، ނަމަވެސް ސްޓައިލިޝް ގޮތަކަށް ހެދުން އަޅައިގެންނެވެ. އޭނާ ލައިގެން ހުރީ ކްރިސްޓިއަން ޑިއޯގެ ޓީޝާޓަކާއި ޖޮގާ ޕޭންޓެކެވެ.
އާނަންތު އާއި ރާދިކާގެ ކައިވެނި ކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހު މުމްބާއީގައެވެ. އެ ހަފްލާއަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ވަރަށް ކުލަގަދަ ހަފްލާއެކެވެ.