ާލު ދެރަވެ ފަރުވާދެމުން އަންނަނީ ގިބްލަ ހައްޖު ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކަށެވެ. އޭނާގެ ދަރިފުޅު ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ބުނީ ބައްޕައަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންކަމަށެވެ. އަދި ބައްޕަގެ ބަލި ހާލަތަށް އެއްވެސް ކުރި އެރުމެއް ލިބިފައި ނުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި ޗުއްޓީގައި އުމްރާއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާއަށް ދިޔަ ދެ ފިރިހެނުންނެވެ.
އުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ހާލު ދެރަވި ދިވެއްސަކު ދާދިފަހުން ވަނީ އަނބުރާ ރާއްޖެ ގެނެސްފަ އެވެ. އެ މީހާ މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާ އަށް ދިޔަ އެވެ. އަދި އުމްރާ އަށް ގޮސް އުޅެނިކޮށް ދެ މީހަކު ނިޔާ ވެސް ވެފައިވެ އެވެ.