ads
މާލޭގެ ނޫރު މިސްކިތުގައި ތަރާވީހު ނަމާދު ކުރަނީ، ފޮޓޯ: މިހާރު
މި ރޯދަމަހު ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ: މިނިސްޓްރީ
މި ފެށޭ ރޯދަމަހު ކުރުކޮށް ކިޔަވާ ތރާވީސް ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް މި ރޯދަ މަހު އިތުރުކޮށްފައިވާނެކަމަށެވެ. އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެކަމަށާއި އެއީ އެފަދަ ޖަމާއްތްތަކަށް ގިނަ މީހުން އެއްވާތީކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ރޯދަމަހު މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެކަމަށެވެ. މީގެ ތެރެއިން ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާނެ ހާފިޒުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން ފުރުސަތު ދޭނެކަމަށެވެ.

މީގެއިތުރުން އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް