މިކަން އެމްޑީޕީން އިއުލާނުކޮށްފައިވަނީ މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
ކެމްޕެއިން ލޯންޗުކުރުމުގެ ކުރިން އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އަބްދުﷲ ވަހީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބަށް އެ ޕާޓީން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން ކަމަށާއި އެމްޑީޕީގެ ސަފުތައް ރުކުރުވާލާފައިވާ ކަމަށެވެ.
އަދި މުޅި ރާއްޖޭގައި ކެމްޕެއިން ޓީމުތައް އެކުލުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން މިއަދު ވަނީ މާލޭ ސިޓީ ކައުންސިލަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން މާލޭ ސަރަހައްދުގައި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތް މިއަދު ފަށައިފަ އެވެ.
މިއީ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި ކައުންސިލުގެ މެމްބަރު ކަމަށް އެ ޕާޓީން ވާދަކުރައްވާ މެމްބަރުންނަށް ތާއީދު ހޯދުމަށް ހިންގާ ހަރަކާތެކެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ކޮމިިޓީގެ އިންތިހާބު އޮތީ އަންނަ އޭޕްރީލް 4 ގަ އެވެ. އެ އިންތިހާބުގައި ކައުންސިލަށް 681 މީހުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މީހުން ހޮވާނެ އެވެ.