ހިޔާގެ ޓަވަރުތަކުން މިރޭ ދަންވަރުގެ ވަގުތުތަކުގައި ފެން ކެނޑޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފިއެވެ.

Advertisement
އެ ކުންފުންނިން ބުނީ ފެން ކެނޑޭނީ އެ ޓަވަރުތަކުގެ މީޓަރު ރޫމްތަކުގައި މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެގޮތުން ބައެއް ޓަވަރުތަކުން ގަޑިއިރަށް އަދި ބައެއް ޓަވަރަކުތަކުން ބައި ގަޑިއިރަށް ފެން ކެނޑޭނެކަމަށް އެކުންފުނިން ބުނެއެވެ.
ފެން ކެނޑޭ ޓަވަރުތަކަކީ ހިޔާގެ 9، 12 ، 13، 15 އަދި 16 ވަނަ ޓަވަރެވެ.
ފެން ކެނޑޭ ވަގުތުތައް
- ޓަވަރު 9 - ދަންވަރު 12 އިން 1 އަށް ( އަށްވަނަ ފަންގިފިލާއިން 25ވަނަ ފަންގިފިލާއަށް )
- ޓަވަރު 12 - ދަންވަރު 1 އިން 1:30 އަށް ( އެންމެ ތިރިން ފެށިގެން އަށްވަނަ ފަންގިފިލާއަށް)
- ޓަވަރު 13 - ދަންވަރު 1:30 އިން މެންދަމު 2:30 އަށް (ހުރިހާ ފަންގިފިލާއަކުން)
- ޓަވަރު 15 - މެންދަމު 2:30 އިން 3:30 އަށް (16ވަނަ ފަންގިފިލާއިން 25ވަނަ ފަންގިފިލާއަށް)
- ޓަވަރު 16 - މެންދަމު 3:30 އިން ފަތިހު 4 އަށް (ތ އެންމެ ތިރިން ފެށިގެން އަށްވަނަ ފަންގިފިލާއަށް)