ads
ގުޅިފަޅުން ގޯތި ދޫކުރުން: މިއަދު ވަނީ 41 ގޯތި ހަވާލުކޮށްފައި - ފޮޓޯ: ހައުސިން މިނިސްޓްރީ
ގުޅިފަޅުން 41 ގޯތި މިއަދު ހަވާލުކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން މިރޭ ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 41 ފަރާތަކާ މިއަދު ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހު ފެށިއިރު، މިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް 1،260 މީހަކަށް ގޯތީގެ ރަޖިސްޓްރީ ދީފައި ވެއެވެ. އެފަހުން ގުޅިފަޅުން ދޫކުރާ ގޯތިތައް ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި ގޯތި ހިމެނެ އެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލަކާ ގުޅިގެން ގޯތީގެ ގުރުއަތު އަލުން ނެގުމަށްފަހު ފެށި މި މަސައްކަތުގައި، މި ޕްލޭނުގައި ދިރިއުޅުމަށާއި ސޯޝަލް ހައުސިންއަށާއި ތައުލީމީ ސިއްހީ، އިންޑަސްޓްރިއަލް، އަދި ސިޓީ ހޮޓާ ފަދަ ހިދުމަތްތަކަށް ވަނީ ބިން ކަނޑައަޅާފަ އެވެ. މީގެ އިތުރުން ހިތްފަސޭހަ ދިރިއުޅުމަކަށް ޕާކުތަކާއި ކުޅިވަރު ސަރަހައްދުތައް ވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް