ads
މޯލްޑިވިއަންގެ ބޯޓެއްގައި ކްރޫން ހަރަކާތްތެރި ވަނީ
ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުން މޯލްޑިވިއަނުން ގުޅާލަނީ
ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ދަތުރުފަތުރުން ގުޅައިދޭ ދަތުރުތަކެއް ފެށުމަށް ގައުމީ އެއާލައިން -- މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.
Advertisement

މޯލްޑިވިއަން އިން ބުނީ، މުޅިން އަލަށް ތައާރަފް ކުރި މި ހިދުމަތުގެ ދަށުން ގއ. އަތޮޅާއި، ގދ. އަތޮޅު އަދި އައްޑޫ އާއި ފުވައްމުލައް ސިޓީއާއެކު ވައިގެ މަގުން ގުޅުވާލެވޭނެ ކަމަށެވެ. މިގޮތުން މުޅި ދެކުނުގެ އަތޮޅުތައް ގުޅުވާލަދޭ މައި ހަބަށް ވެގެން ދާނީ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.

"ދެކުނު ގުޅުން" ގެ ނަމުގައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފަށާ މި ދަތުރުތަކުގައި އެއްކޮޅު ޓިކެޓް އަގު ފެށެނީ 500 ރުފިޔާއިންނެވެ. 

އެކުންފުނިން ބުނީ ދެކުނުގެ އަތޮޅުތައް ގުޅުވާލުމަށް ކުރަމުންދާ މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ސަރަހައްދީ ދަތުރުފަތުރު ހަރުދަނާ ކުރުމަށް ގެންގުޅޭ ސިޔާސަތާއި އެއްގޮތްވާ ގޮތުގު މަތިން ކުރެވޭ މަސައްކަތެއް ކަމަށެވެ. 

އަދި މިދަތުރުތައް ފެށުމުން މި ސަރަހައްދުގެ ވައިގެ އުދުހުންތަކުގެ ހަބަކަށް އައްޑޫ ގަން ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް