ads
ފޯމުތަކަށް މުއްދަތަށްވުރެ ކުރިން ޖަވާބު ދެމުން މިދަނީ : އީސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާ މީހުންނަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އަވަހަށް ޖަވާބު ދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
Advertisement

އެ ކޮމިޝަނުން މިހެން ބުނީ ކެންޑިޑޭޓުނަށް ވުމަށް އެދި ހުށައަޅާ ފޯމުތަކަށް އީސީން ޖަވާބު ދިނުން ލަސްވާ ކަމަށް ބު ެދައްކަމުންދާ ވާހަކަތަކަށް ރައްދީ ނެރުނު ބަޔާނެއްގައެވެ. 

އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އެ ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާ މެދު ނިންމި ގޮތް އަންގަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. 

" ނަމަވެސް ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުން އަންނަ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން މި ދަނީ ޖަވާބު ދެމުން. " އީސީން ނެރުނު ބަޔާނުގައިވެއެވެ.

އީސީން ބުނީ ކޮމިޝަނުގައި ގާއިމްކޮށްފައިވާ ނިޒާމުތަކުގައިވާ މައުލޫމާތުތަކަކީ ރައްކާތެރިކަމާ އެކު، އެ މައުލޫމާތު ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށެވެ. 

އެހެންކަމުން އެތަނުން ދެމުން އަންނަ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ބަޔަކު މައުލޫމާތު ނުފެތުރުމަށް އީސީން ވަނީ  އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް