ads
މޯލްޑިވިއަންގެ ސީޕްލޭން މަތިންދާބޯޓެއް: ނ. ވެލިދުއަށް ސީޕްލޭން ދަތުރުތައް ވަނީ ފަށައިފައި - ފޮޓޯ: މޯލްޑިވިއަން
ވެލިދުއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފަށައިފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭންގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ނ. ވެލިދޫއަށް ދަތުރުތައް ފަށައިފި އެވެ.
Advertisement

ވެލިދުއަށް ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަނުން ވަނީ އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވިއެވެ.

ވެލިދޫ ސީ ޕްލޭންގެ ޓިކެޓްގެ އަގަކީ ދިވެހިންނަށް ކޮޅަކަށް 999 ރުފިޔާކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި ފަތުރުވެރިނަނަށް ޓިކެޓް ވިއްކަނީ ކޮޅަކަށް 93 ޑޮލަރަށެވެ. ކޮންމެ ހަފްތާއެއްގެ ބުދަ އަދި ބުރާސްފަތި ދުވަހު ވެލިދޫއަށް ދަތުރުތައް އޮންނާނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ. 

މޯލްޑިވިއަން ސީޕްލޭން ދަތުރުތައް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދަތުރުތައް ފެށީ ބ. ކަމަދޫއަށެވެ. 

މޯލްޑިވިއަނުން މިހާރު އަންނަނީ ބ. ފުޅަދު އާއި ފެހެންދު, ގޮއިދޫ, ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ދެމުންނެވެ. އަދި އއ. ތޮއްޑުއަށް ވެސް އަންނަ މަހު ސީޕްލޭންގެ ހިދުމަތް ފަށަން ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;