މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ތައުލީމާއި ބެހޭ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު ކަށަވަރުކޮށްދެނީ، ތައުލީމުގެ ކޯ ކްރިއޭޓަރުންގެ ގޮތުގައި ޒުވާނުން ބާރުވެރިކުރުމަށާއި، އުނގެނުމަކީ ހުރިހާ ފަރާތްތަކެއް ހިމެނޭ، ގުޅުންހުރި، އަދި ބަދަލުކުރަނިވި ކަމެއްކަން ކަށަވަރުކުރުމަށް ކަމުގައި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ވެރިކަމަކީ ގައުމީ ތަރައްގީގައި ތައުލީމުގެ މުހިންމުކަން ދެނެގަނެފައިވާ ވެރިކަމެއް ކަމުގައި އެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ފުރަތަމަ ޑިގްރީ ސްކީމް މެދުވެރިކޮށް 6،000 އަށް ވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓްވެފައިވާއިރު، ސްޓޫޑެންޓް ލޯނުގެ ގޮތުގައި އެއް ބިލިއަން އެމްވީއާރު އަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ ކަމަށް ރައީސް ވިދާޅުވި އެވެ.
ދަރިވަރުންނަށް އިންވެސްޓްކޮށް، ތައުލީމީ ފުރުސަތުތައް ފުޅާކޮށްގެން، ދަނީ ހަމައެކަނި ފަރުދީ މުސްތަގްބަލް ބައްޓަންކުރުމެއް ނޫން، މިއަށްވުރެ ތަނަވަސް، ހަމަހަމަ، އަދި ކެތްތެރި ގައުމެއް ބިނާކުރަމަށް ކަމަށް ޑރ. މުއިއްޒު ފާހަގަ ކުރެއްވި އެވެ.
ކޮންމެ ދަރިވަރަކަށްވެސް ކުރިއަރައި، ޖަމާއަތުގެ ތަރައްގީއަށް ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.