އެޗްޑީސީން ބުނީ އެތަނުގެ ނަމުގައި ވައިބާ އައި އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އާންމުންގެ މައުލޫމާތު ހޯދަމުން ދާ ކަމަށެވެ.
ހައުސިން މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރުމަށް އެޗްޑީސީން ވައިބަރު ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް އާންމުންނަށް ނުގުޅާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފަ އެެވެ.
މީގެ ކުރިން ވެސް އެޗްޑީސީގެ ނަމުގައި ސްކޭމްތައް ހިންގާފައިވެ އެވެ.
މިހާރަކަށް އައިސް ސްކޭމްގެ މައްސަލަތައް ގިނަވާތީ ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ވަނީ ދައްކާފަ އެވެ.