ads
ޝާހުރުކް ހާން އަދި ސަނީ ޑިއޯލް
ސަނީ ޑިއޯލް އަށް ޝާހުރުކް ހާންގެ ރެކޯޑު މުގުރައެއް ނުލެވުނު
ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ އާ ފިލްމު "ބޯޑަރ 2" ރިލީޒްކޮށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ހޯދި ނަމަވެސް، ޝާހުރުކް ހާންގެ ފިލްމު "ޕަތާން" އިން ހަދާފައިވާ ރެކޯޑު މުގުރައެއް ނުލެވުނެވެ.
Advertisement

އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް ނެރުނު މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 30 ކްރޯޑު ރުޕީސްއެވެ. މިއީ 2026 ވަނަ އަހަރުގެ އެންމެ ބޮޑު އެއް އޯޕަނިން ކަމުގައި ވިޔަސް، މިއީ ޝާހުރުކް ހާންގެ ރެކޯޑާ ގާތްކުރާ އަދަދެއް ނޫނެވެ.

ޖުމްހޫރީ ދުވަހު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑު އަދިވެސް އޮތީ 55 ކްރޯޑު ރުޕީސް ހޯދި "ޕަތާން" އަތުގައެވެ. ނަމަވެސް ސަނީ ޑިއޯލްގެ މި ފިލްމު ވަނީ ރިތިކް ރޯޝަންގެ "ފައިޓާ" ފަހަތަށް ޖައްސާލުމަށްފަހު، ޖުމްހޫރީ ދުވަހުގެ އޯޕަނިން ލިސްޓުގެ ދެވަނަ ހޯދާފައެވެ. މި ލިސްޓުގެ ތިންވަނައިގައި "ފައިޓާ" އޮތްއިރު، ހަތަރުވަނައިގައި އޮތީ "ޕަދްމާވަތު" އެވެ. އަދި ފަސްވަނައިގައި އޮތީ "އަގްނީޕަތު" އެވެ.

އަނުރާގް ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސަނީ ޑިއޯލްގެ އިތުރުން ވަރުން ދަވަން، ދިލްޖީތު ދޮސަންޖް އަދި އަހާން ޝެޓީ މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މިއީ 1997 ވަނަ އަހަރު ނުކުތް މަޝްހޫރު ފިލްމު "ބޯޑާ" ގެ ސީކުއެލްއެކެވެ. ފިލްމު ރިލީޒްކުރި ދެވަނަ ދުވަހު ލިބުނު އާމްދަނީއާއެކު ޖުމްލަ 31.46 ކްރޯޑު ރުޕީސް މިހާރު ވަނީ ލިބިފައެވެ. ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން ފިލްމަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނައިރު، ކުރިއަށް އޮތް ޗުއްޓީ ދުވަސްތަކުގައި ފިލްމުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް