ޕީއެންސީން ބޭއްވި ކެމްޕެއިންގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިއްޔެ ވިދާޅުވީ މިއީ ރައްޔިތުންގެ ފަޅީގައި އޮތް އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ރައްޔިތުންނާއި ސަރުކާރާއި މެދަށް އިދިކީލަ ވިސްނުންތަކެއް ނުވެއްދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރުން ހިންގާ ރާވާ ކަންކަމަށް ހުރަސްތައް މެދުވެރިކޮށް، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ބަޔަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުފަޅުން ދީފައިވާ ގޯތިތައް، ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމަށެވެ.
މިފަދަ މަޝްރޫއުތައް ކުރިއަށްދާއިރު ބޭނުންވަނީ އިހުލާސްތެރި ތެދުވެރި އަދި އަމާނާތްތެެރި މޭޔަރުންނާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުން ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި އެފަދަ ފަރާތްތައް އިންތިހާބު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;