ads
ހުޅުމާލޭ ފޭސް 3 ގައި ހިއްކާ ސަރަހައްދު - ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ ފޭސް 3ގެ ބިން ހިއްކާ ނިންމާލައިފި
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
Advertisement

މި މަޝްރޫއު ނިމިފައިވާކަން އިއުލާނު ކުރެއްވީ އިއްޔެ ބޭއްވި ޕީއެންސީގެ ކެމްޕޭން އިވެންޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

"ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި އޮތީ ހިއްކާ ނިމިފައި މިހާރު، ގިރާވަރުފަޅު، ގުޅީފަޅުން ގޯތިތައް ދީ ނިމި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެ، ދެ ޑެރަޖަރު އޮތީ އެތަނުގެ ކައިރީގައި،". ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މިމަސައްކަތް ނިމުމާއެކު އެސަރަޙައްދުގެ ޕްލޭނާ އެއްގޮތަށް، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. ހަމަ އެއާއެކު އިންކަނޑާ ވަކިކުރެވޭ ވަރަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތް މިޖެނުއަރީ މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އިން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.

މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކާ ހުޅުމާލެ 3 އިން 1351 ގޯތި ދޭން ނިންމައިފަ އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، މިހާރު ބޭނުންކުރާ ބޮޑެތި ޑްރެޖަރުތައް ދެން މިސްރާބު ޖަހާނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތަށެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ޙައްލު ކުރުމަށްޓަކައި ސަރުކާރުން ދަނީ ރަސްމާލެ، ގިރާވަރުފަޅު، އުތުރު ތިލަފަޅު އަދި ގުޅިފަޅު ހިއްކުމުގެ ބިޔަ މަޝްރޫއުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް