މިއީ، މާލެއިން ބޭރުން ރާއްޖޭގައި ކީމޯތެރަޕީގެ ހިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި ރ.އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓާކޮށްފައިވާ އަތޮޅެވެ.
އެ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ. އެ ހިދުމަތް ފަށާފައިވަނީ އައިޖީއެމްއެޗުގެ، އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ނަރުހުން ތަމްރީންކޮށްގެނެވެ. ކީމޯތެރަޕީގެ ހިދުމަތަށް ދެ ނަރުހަކު ވަނީ ތަމްރީންކޮށްފަ އެވެ.
ކެންސަރު ބައްޔަށް ފަރުވާދިނުމަށް އުނގޫފާރު ހޮސްޕިޓަލްގައި ވަނީ ހާއްސަ ކީމޯ ރޫމެއް ގާއިމުކޮށްފަ އެވެ. އެތަނުން އެއްފަހަރާ ދެ މީހަކަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އެވެ.
އެ ހޮސްޕިޓަލުން މިހާރު ވަނީ ކީމޯ ނެގުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ހުޅުވާލާފަ ކަމަށެވެ.