ads
ބީއެމްއެލްގެ މައި އޮފީސް އިމާރާތް - ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން "ބަލްކް ޕޭމަންޓް" ތައާރަފުކޮށްފި
މިއީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް
ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެއް ފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ "ބަލްކް ޕޭމަންޓް" ހިދުމަތް ތައާރަފްކޮށްފި އެވެ.
Advertisement

ބަލްކް ޕޭމަންޓުގެ ހިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތް ހަލުވިކުރުމަށް ފަރުމާކުރި ހިދުމަތެއް ކަމަށާއި، އެ ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ޑޮލަރުންނާއި ދިވެހި ރުފިޔާއާއި ބީއެމްއެލްގެ އެކައުންޓުތަކަށް އެއްފަހަރާ ފައިސާ ފޮނުވޭނެ ކަމަށް، ބޭންކުން މައުލޫމާތު ދެއެވެ.

ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން، ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ނިމާލު ވިދާޅުވީ މިއީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށް ދިނުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް