ads
ޓޯ ކުރުން
މިދިޔަ 48 ގަޑިއިރުތެރޭ ހުޅުމާލޭން 14 ވެހިކަލްއެއް ޓޯކުރި
މިދިޔަ 48 ގަޑިއިރުތެރޭ ހުޅުމާލޭން 14 ވެހިކަލްއެއް ޓޯކުރެވިފައިވާ ކަމަށް ޕޮލިހުން ބުނެފި އެވެ.
Advertisement

ޕޮލިހުން ނެރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓޯކުރެވުން 14 ވެހިކަލްގެ ތެރޭގައި 13 ދެ ފުރޮޅުލީ އުޅަނދާއި 1 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނޭ އެވެ. 

އުޅަނދުތައް ޓޯ ކުރެވުން ސަބަބަށް ބަލާ އިރު ގަވައިދާ ހިލާފަށް ޕާކްކޮށްގެން 1 ސައިކަލު، ނުރައްކާތެރިކޮށް ދުއްވައިގެން 1 ސައިކަލު، ތަހުގީގުތަކާއި ގުޅިގެން 1 ސައިކަލު އަދި ލައިސެންސް ނެތި ދުއްވުމުން 10 ސައިކަލު އަދި އެއް ކާރު ޓޯކޮށް ކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

އަދި މިދިޔަ ދެ ދުވަސް ތެރޭގައި 46 ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އެ ގޮތުން 32 ސައިލަކު އަދި 14 ކާރު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ އިދާރާއިން ފާހަގަ ކުރި އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް