ads
ހިޔާ އަށް ވަނަ ޓަވަރުގައި ހަރުކުރި އިތުރު ލިފްޓުގެ ބޭނުންކުރަން ފަށައިފި
ހިޔާ އަށް ވަނަ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފި އެވެ.
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާ ޓަވަރު 1، ޓަވަރު 2، ޓަވަރު 3، ޓަވަރު 4، ޓަވަރު 5، ޓަވަރު 6، ޓަވަރު 7 އަދި ޓަވަރު 8 ގައި ލިފްޓް ހަރުކޮށް ބޭނުންކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އިތުރު ޓަވަރުތަކެއްގައި ލިފްޓް ޓެސްޓް ކުރަމުންދާއިރު ލިފްޓް ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބިފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

ހިޔާ ޓަވަރު 14، ޓަވަރު 15 އަދި ޓަވަރު 16 ގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ޓަވަރު 9، ޓަވަރު 10، ޓަވަރު 11 އަދި ޓަވަރު 12 ގައި ކުރިއަށް ދަނީ ކްލެޑިން އަދި ފްރޭމް ހަރުކުރުމުގެ މަސައްކަތެެވެ.

މިވަގުތު ޓަވަރު 14، 15 އަދި 16 ގެ މަސައްކަތްވެސް ކުރިއަށްދާއިރު، ލިފްޓު ހަރުކުރުމުގެ މުޅި މަޝްރޫއުގެ %89 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.  

ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރު ކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، ސްޓްރެޗަރ ނުވަތަ ބަލި މީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް