މިގޮތަށް ނިންމާފައިވާކަން ހާމަކުރެއްވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ދެއްވި ހިތާބުގައެވެ.
ގުރުއާނުގެ އިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސުވައި ޝައުގުވެރިކުރުވަން އޯ ލެވެލްގެ އެސްއެސްސީ އިމްތިހާނުގައި ވަކި މާއްދާއެއްގެ ގޮތުގައި މި އަހަރު ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާން މާއްދާ އެސްއެސްސީގައި ރަސްމީކޮށް ހިމަނައި 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެސްއެސްސީ އިމްތިހާނުގައި މިހާރު ހިމެނެނީ އިސްލާމާއި ދިވެހި މާއްދާ އެވެ. މިއީ އޯ ލެވެލް އާއި އޭ ލެވެލް ދަރިވަރުން ވެސް ހަދަން ޖެހޭ އިމްތިހާނެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;