ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ ޢަބްދުއްސަމަދު އަބްދުﷲ އެވެ. އަދި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީނެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ 53 މިލިއަން ރުފިޔާއަށް 435 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތަށް ފަންޑުކޮށްފައިވަނީ އޭޝިއަން އިންފްރާސްޓްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިންނެވެ. މިއީ މި ބޭންކްއިން ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ސްޓޭންޑް އެލޯން ޕްރޮޖެކްޓެވެ،
ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގާއިމްކުރެވޭ މި ފެސިލިޓީގައި 14 ޕްރައިވެޓް ރޫމް ހުންނާނެ އެވެ. މި 14 ކޮޓަރި ހުންނާނީ ބަލިމިހާގެ އިތުރަށް ބަލިމީހާގެ އެހީތެރިއާއިއެކު ހުރެވޭ ގޮތަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;