ads
ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ)
މަރުވީ ގެއްލުުނު ދުވަހު، މަރުވީ ހައިމާކު ދަތްގަނޑުން ޖެހިގެންކަމަށް ބެލެވޭ
ކ. ތިލަފުށީ ވޯކް ސައިޓުން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ މި ޒުވާނާ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓްކުރީ އިއްޔެކަމަށެވެ. 

މި ހާދިސާއާއި ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިހާތަނަށް ބެލިބެލުމުން މަރުވެފައި އޮއްވާ ފެނުނު އަމީން އަމީން މިއާ މަރުވީ އޭނާ ގެއްލުނުކަމަށް ބުނާ މިމަހުގެ 26 ވަނަ ހިނގި ހާދިސާއެއްގައިކަން އެނގިފައިވާކަމަށެވެ. 

ސީއެމްއެމްއަށް އެނގިފައިވާ ގޮތުގައި ބަންގްލަދޭޝްގެ މި ޒުވާނާ މަރުވީ ކުނި ގޮނޑުގައި މަސައްކަތް ކުރަން އުޅެނިކޮށް އެވަގުތު އެ ސަރަހައްދުގައި ބޭނުންކުރަމުން ދިޔަ ހައިމާކެއްގެ ދަތްގަޑެއްގައި ޖެހިގެންކަމަށެވެ. އަދި މި ހައިމާކް ދުއްވަން އިނީ ލަންކާ މީހެއްކަންވެސް ވަނީ އެނގިފައެވެ. އެހެންނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގައި ތަފްސީލެއް ސާފެއް ނުވެެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެކަމަށެވެ. 

0%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް