ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާނު ކުރީ އޮކްޓޯބަރު 2024ގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ޖޫން މަހު އަދި ނޮވެމްބަރު މަހުވެސް އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާންކުރިއެވެ.
ޓްއަރިޒަމް މިނިސްޓްރީން މުއަދު އަނެއްކާވެސް ކުރި އިއުލާންގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޖެހޭނެކަމަށެވެ. އަދި 31 މާޗުގައި ބީލަން ހުށަހަޅަން ޖެހޭނެކަމަށްވެސް ބުނެއެވެ.
ޓްއަރިޒަމް މިނިސްޓްރީން ބުނީ ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅަނީ އެރަށުން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމެއްގައިކަމަށެވެ.
އިންޓަނޭޝަނަލް ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަދުފުޅެކެވެ. އެމަނިކުފާނު މިކަމަށް ވައުދުވެޑައިގަތީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައެވެ.