ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ތިންވަނަ ކުއާޓާއާ އަޅައިބަލާއިރު %76.2 ކުރިއެރުމެއް ކަމަށް އެ ބޭންކުން ބުނެ އެވެ.
2025 ވަނަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފަވާ ކަމަށާއި މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16.1 ގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން ފާހަގަ ކުރެ އެވެ.
އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑް އަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައި ވާކަމަށް ފާހަގަ ކުރަމުން ބީއެމްއެލް އިން ބުނީ ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާކަމަށާއި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %15 ކުރިއެރުމެއް ކަމުގައި އެެވެ.
މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައިވާ ކަމަށާއި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.
2025 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަ ކުރަމުން އެ ބޭންކުގެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ބުނީ މި ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ ބޭންކުގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަން ކަމަށާއި އަދި ބޭންކުން މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން ކަމުގައި އެވެ.