ފުލުހުން ބުނީ އެ އިދާރާ އާއި މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައި، ބިދޭސީން ދިރިއުޅޭ ދެ ތަނެއް އިއްޔެ ބަލައި ފާސްކޮށްފައިވާކަމަށެވެ.
މި އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެ މަސައްކަތް ހުއްޓުވާފައިވާކަމަށް ފުލުހުން ބުނެެއެވެ.
ބީދޭސީން ރޮށި ފިހެ ވިއްކަން ބަންދުކުރަމުންދިޔަ ތަން
ދެން ބަލާ ފާސްކުރި ތަނަކީ ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަތަނެއްކަމަށް ފުލުހުން ބުނެއެވެ. އިކޮނޮމިކް މިނިސްޓްރީން މި ދެ ތަން މިހާރު ބަންދުކޮށްފައިވާއިރު، މި ދެ އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.