ads
ޒަކާތް ހައުސިން ނެރުން ތަފާސް ހިސާބުތައް
ނޮވެމްބަރު މަހު ބޭސްފަރުވާއަށް އެހީގެގޮތުގައި ޒަކާތް ހައުސިން 1 މިލިއަން ރުފިޔާ ހޭދަ ކުރި
މިދިޔަ ނޮވެމްބަރު މަހު ޒަކާތު ހައުސިން ބޭސް ފަރުވާ އަށް އެހީގެ ގޮތުގައި 1 މިލިއަން އަށް ވުރެން ގިނަ ރުފިޔާ ދީފައިވާ ކަމަށް އެ ހައުސިން ބުނެފި އެވެ.
Advertisement

ފަގީރުންނާއި މިސްކީނުންނައް ބޭސްފަރުވާގެ އެހީ 165 ފަރާތަކަށް ދެވިފައިވާ ކަމަށް ފާހަގަ ކުރަމުން އެ އިދާރާއިން ބުނީ އެހީގެ ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ހަމަޖެހިފައިވަނީ 1470559.75 ރުފިޔާ ނަމަވެސް އެހީގެ ގޮތުގައި ހަރަދުކޮށްފައި ވަނީ ޖުމްލަ 1513656.86 ރުފިޔާ ކަމުގައި އެވެ.

އެންމެ ގިނައިން އެހީ ފޯރު ކޮށްދެވިފައިވަނީ ކެންސަރު ބަލީގެ ފަރުވާ ހޯދަމުން އަންނަ ފަރާތަކަށް ކަމުގައި އެ އިދާރާއިން ނެރުން ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

އެ ގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތަކަށް 449493 ރުފިޔާގެ އެހީ ދެވިފައިވާ އިރު ދެވަނަ އެންމެ ގިނައިން އެހީ ދެވިފައިވާ ހިތުގެ ބައްޔަށް ފަރުވާ ހޯދާ ފަރާތަކަށް 63607.50 ރުފިޔާ ދެވިފައިވާ ކަމަށާއި ޓްރާންސްޕްލާންޓްތަކަށާއި ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތަކަށް ވެސް 50886.00 ރުފިޔާގެ އެހީ ދެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އަދި އެހެން ނިހެން ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޖުމްލަ 855687.25 ރުފިޔާގެ އެހީ ދެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކޮށްފައި އެވެ.

ޒަރޫރީ އެހީގެ ގޮތުގައި ދިނުމަށް  53750 ރުފިޔާ ހަމަ ޖެހިފައިވާ އިރު ޖުމްލަ 84200 ރުފިޔާ ޒަރޫރީ އެހީގެ ގޮތުގައި ދެވިިފައިވާ ކަމަށް ޒަކާތް ހައުސިން ބުނެ އެވެ.

ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޖުމްލަ 212910.68 ރުފިޔާގެ އެހީ ދެވިފައިވާ ކަމަށާއި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވަނިކޮށް ހާލުގައި ޖެހި އެ ހާލަތުން އަރައިގަތުމަށް 69165.08 ރުފިޔާގެ އެހީ ދެވިފައިވާ ކަމަށް އެ އިދާރާއިން ފާހަގަ ކުރި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް