ads
ރޯދަ ވީއްލުން
ރޯދަ މަސް އަންނަނީ: ފުރަތަމަ ދުވަހު "ބަލިވާން" ބޭނުން ނުވާނަމަ މިއަދު މިކަން ފަށާ
ރޯދަ މަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރޯދަ ހިފަން ފަށާ ފުރަތަމަ ދުވަހު ގަދަޔަށް ބޮލުގައި ރިއްސުމާއި، މޭނުބައިކުރުމާއި އަދި ހަށިގަނޑުގެ ވަރުދެރަވުމެވެ.
Advertisement

ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ހަށިގަނޑަށް ކުއްލިއަކަށް އަންނަ ބަދަލަކާ ގުޅިގެން ދިމާވާ ކަމެކެވެ. މިކަމުން ސަލާމަތްވެ، ފުރަތަމަ ދުވަހު "ބަލި" ނުވުމަށްޓަކައި، ހަށިގަނޑު ހޭނުވުމުގެ މަސައްކަތް މިއަދު ފަށަން ޖެހެއެވެ.

ކްލީވްލޭންޑް ކްލިނިކް ފަދަ ސިއްހީ އިދާރާތަކުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ރޯދައިގެ ކުރިން ކޮފީއާއި ސައި ބުއިން މަދުނުކޮށްފިނަމަ، ރޯދަ މަހުގެ ފުރަތަމަ ދުވަހު "ކެފެިން ވިތްޑްރޯވަލް" ނުވަތަ ކެފެިން ނުލިބުމުން ވާ އުނދަގޫތައް ކުރިމަތިވެއެވެ. ޑޮކްޓަރުން ލަފާދެނީ މިހާރުން ފެށިގެން، ކޮންމެ ދުވަހަކު ބޯ ކޮފީ ނުވަތަ ސައިގެ މިންވަރު މަޑުމަޑުން ދަށްކުރުމަށެވެ. އެއްފަހަރާ ހުއްޓާލުމުގެ ބަދަލުގައި، ދުވާލަކު 3 ތަށި ބޯނަމަ، މިއަދު 2 ތަށްޓަށް ބަދަލުކޮށްލައި، ހަށިގަނޑު މަޑުމަޑުން އެކަމަށް ހާނުވަން ޖެހެއެވެ.

މީގެ އިތުރުން ނިއުޓްރިޝަނިސްޓުން ފާހަގަކުރާ ގޮތުގައި، ރޯދަ މަސް އަންނަންވާއިރަށް "ގަދަޔަށް ކައިގެން" ހަށިގަނޑު މާ ބޮޑަށް ފުރާލުމަކީ ހެދޭ ގޯހެކެވެ. އޭގެ ބަދަލުގައި ކެއުމުގެ ވަގުތުތަކަށް ބަދަލު ގެނެސް، ހެނދުނު ނާސްތާކުރާ ވަގުތު ލަސްކޮށްލުން ނުވަތަ މެންދުރު ކެއުން ލުއިކޮށްލުން މުހިންމެވެ. 

މިސްރުގެ ނޭޝަނަލް ރިސާޗް ސެންޓަރުގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ. ސައީދު ޝަލަބީ ވިދާޅުވެފައިވާ ގޮތުގައި، "ރޯދައިގެ ކުރިން ކުއްލިއަކަށް ކެއުން ގިނަކުރުމަކީ ހަށިގަނޑަށް ބުރަބޮޑުވެ، ރޯދަ މަހު ގޭސްޓްރައިޓިސް ފަދަ މައްސަލަތައް ދިމާވާ،" ސަބަބެކެވެ.

އެހެންކަމުން، ފުރަތަމަ ރޯދަ އަށް ހަށިގަނޑު ތައްޔާރުކުރުމަށްޓަކައި މިއަދުން ފެށިގެން ފެން ބުއިން އިތުރުކޮށް، ނިދާ ގަޑިތައް ހަމަޔަކަށް އަޅުވަން ޖެހެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ކުދި ބަދަލުތަކާ އެކު ރޯދަ މަސް ފެށުމުން، ބުރަ ކަމެއް ނެތި، ސިއްހަތު ރަނގަޅުކޮށް އަޅުކަމުގައި ވަގުތު ހޭދަކުރެވޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް