ads
ބޯޑާ 2 ގެ ޕޯސްޓަރެއް
"ބޯޑާ 2" ބަލަން ތިއްބާ ސިނަމާގެ ސީލިން ބޮލަށް
ދާދި ފަހުން ރިލީޒްކުރި ފިލްމު "ބޯޑާ 2" ބަލަން ގިނަ އަދަދެއްގެ ބަޔަކު ސިނަމާއަކަށް ވަދެ ތިއްބައި، އެތަނުގެ ސީލިން ބޮލަށް ވެއްޓިއްޖެއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ގުޖްރާތުގެ ސިޓީއެއްގައި ހުންނަ  ވަލްސަދުގެ ރަހްޖާންް މަލްޓިޕްލެސް ސިނަމާގައެވެ. މި ހާދިސާގައެއް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވާކަމަށް މިޑިއާ ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ ސީލިން ވެއްޓުނީ ސިނަމާ ހޯލަށް މީހުން ވަންނަމުން ދިޔަ ވަގުތައް ވުމުންކަމަށް މީޑިއާތައް ރިޕޯޓްކުރެއެވެ. އެހެންނަމަވެސް އެ ރޭގެ ޝޯ ކެންސަލްކުރަން ޖެހުނުކަމަށްވެއެވެ. 

ބޯދާގެ ފުރަތަމަ ފިލްމު އެޅިވިއިރުވެސް ސިނަމާއެއްގައި މި ފަދަ ހާދިސާއެއް ހިނގިއެވެ. އެފަހަރު ނިއު ދިއްލީގެ އުޕްހާރް ސިނަމާގައި ބޯޑާ ބަލަން ގިނަ ބަޔަކު ވަދެ ތިއްބާ އެތަނުގެ ބޭސްމަންޓްގެ ޓްރާންސްފޯމަރެއްގައި ރޯވިއެވެ. އަދި އެކަމުގެ ސަބަބުން އެރި ބޯ ދުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުންގެ ހާލު ދެރަވެ ފަރުވާ ދޭން ޖެހުނެވެ.

"ބޯޑާ 2" އަކީ 1997 ގައި ގެނެސްދިން "ބޯޑާ" މި ފިލްމުގެ ދެވަނަ ބައެެވެ. އޭރުފެ ސުޕާ ހިޓް ފިލްމަުތަކުގެ ތެރޭގައި ހިމެނުނު މި ފިލްމުގެ 2 ގައި ކާސްޓުން ވަނީ ބަދަލުވެފައެވެ. ހަމައެކަނި ބަދަލު ނުވަނީ ބޯޑާ ކުރީގެ ބައިގައިވެސް ލީޑް އިން ފެނުނު ސަނީ ޑިއޯލް އެވެ. ސަނީގެ އިތުރުން މި ފަހަރުގެ ފިލްމުގައި ދެން ހިމެނެނީ ވަރޫން ދަވަން އާއި ދިލްޖީތު ދޮސަންޖަން އާއި އަހާން ޝެޓީގެ އިތުރުން  މޯނާ ސިންގާއި ސޯނަމް ބަޖްވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް