ads
އެމްޑީޕީގެ ބައެއް މެމްބަރުން
ކައުންސިލްތަކަށް އެމްޑިޕިީގެ ޓިކެޓްގައި 495 މީހުން ވާދަކުރޭ
އަންނަ އޭޕްރިލްމަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޓިކެޓްގައި 495 މީހުން ވާދަކުރަން ނިންމައިފިއެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން ބުނީ ވަގުތު ހަމަވިއިރު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން 1،936 މީހުން ފޯމު ހުށައެޅިކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން އިންތިހާބަށް ޝަރުތު ހަމަވީ 1،610 މީހުންކަމަށް އީސީން ބުނެއެވެ. 

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި  އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން 912 މީހުން ވަނީ ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ކައުންސިލް ގޮނޑިތަކަށް ވާދަކުރާ 495 މީހުންނާއި ޑަބްލިއުޑީސީ އަށް ވާދަކުރާ 417 މީހުންނެވެ. 

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 294،937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް