ads
ރޯހިތު ޝެޓީ: ފޮޓޯ ހިންދުތްސާން ޓައިމްސް
ބަޑީގެ ހަމަލާތަކެއްގެ ސަބަބަބުން ރޯހިތު ޝެޓީގެ ގެއަށް އެކަކުވަސް ނުވަނުމަށް އެދިއްޖެ
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅޭ، މުމްބާއީގެ ޖޫހޫގައި ހުންނަ ގޭގެއަށް ބަޑީގެ ހަމަލާތަކެއް ދިނުމާއި ގުޅިގެން، އޭނާގެ ގާތް އެކުވެރިންނާއި ފިލްމީ ތަރިން، ކުރިއަށް އޮތް 48 ގަޑިއިރު އޭނާގެ ގެއަށް ޒިޔާރަތް ނުކުރުމަށް އެދިއްޖެއެވެ.
Advertisement

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ރޯހިތު މިވަގުތު ހުރީ ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށެވެ. އެހެންކަމުން ގޭތެރޭގައި މީހުން ގިނަ ކުރުމުގެ ބަދަލުގައި، ފުލުހުންނަށް މަސައްކަތް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާ ވަނީ އެކުވެރިން ނައުމަށް އެދިފައެވެ. އޭނާގެ ހާލު ބެލުމަށް ގުޅާ މީހުންނާ ރޯހިތު މުއާމަލާތް ކުރަމުންދަނީ ފޯނުންނާއި މެސެޖުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ރޯހިތުގެ ގޭގެ ބޭރުގައި 4 ފަހަރަށް ބަޑި ޖަހާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ޕޫނޭއިން މިހާރު ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ މީހުން ވަނީ އިތުރަށް ތަހުގީގު ކުރުމަށް މުމްބާއީ ކްރައިމް ބްރާންޗާ ހަވާލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ރޯހިތުގެ ގޭގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

އިންޑަސްޓްރީގެ ކަންބޮޑުވުން އިންޑިއަން ފިލްމް އެންޑް ޓެލެވިޒަން ޑިރެކްޓާސް އެސޯސިއޭޝަން (އައިއެފްޓީޑީއޭ) އިން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ މުޅި އިންޑަސްޓްރީއަށް ލިބުނު ބިރުވެރިކަމެއް ކަމަށް ބުނެ، މިކަން ސީރިއަސްކޮށް ބަލައިދިނުމަށް ރާޝްތުރާގެ ޗީފް މިނިސްޓަރުގެ ކިބައިން އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް